މުޙައްމަދު އިބްރާހިމް
11 September 2019
މަޤްބޫލު ޙަބަރު

މިދިޔަ ހޯމަ ދުވަހު ގދ. ފަރެސް މާތޮޑާގެ ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ނާސްތާއަށް ފޯރުކޮށްދިން ތަކެތީގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި ދަރިވަރުންގެ  ދަރިވަރުންގެ ނާސްތާގައި ފުޅަ ހުރި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ، އެ ސުކޫލުގެ ދަރިވަރުންނަށް ދިން ނާސްތާ ޕެކަކުން ފުޅައެއް ފެނިއްޖެ ކަމަށްބުނެ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ހަބަރަކާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައެވެ. އެބަޔާނުގައި މިނިސްޓްރީން ބުނެފައިވަނީ އެ ހަބަރު ލިބުމާއި ގުޅިގެން މިނިސްޓްރީގެ ޓީމަކުން އެކަން ހިނގާދިޔަ ގޮތް ބަލާފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެތަކެތީގައި މައްސަލައެއް ނެތް ކަމަށާއި އެ ނާސްތާ ފޯރު ކޮށްދޭން ތަކެތި ސަޕްލައި ކޮށްފައިވަނީ ހެނދުނު 6:35 ގައި ކަމަށެވެ. އަދި އެ ތަކެތި ސަޕްލައި ކުރުމުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ އުސޫލާއި އެއްގޮތަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދަރިވަރުން ނާސްތާ ނަގާފައިވަނީ 7:25 ގަ އެވެ. ނާސްތާ ނަގާ ނިމުމުން ނާސްތާ ފޯރުކޮށްދޭން ކޮންޓްރެކްޓަރު ބޭނުންކުރި ތަކެތި އެދުވަހުގެ 7.45 ގައި ވަނީ އަނބުރާ ގެންދިޔަ އެވެ. އިތުރުން، ސްކޫލްގެ ދަރިވަރުންގެ ނާސްތާ އާއި ގުޅޭ ވީޑިއޯއެއް ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއަކީ އެ ސްކޫލްގެ ދަރިވަރުންގެ ހެނދުނުގެ

އަދި ނާސްތާ ނިމުމަށްފަހު ސްކޫލްގެ ބައެއް މުވައްޒަފުން ހެނދުނުގެ ނާސްތާ ނަގަމުންދިޔަ ވަގުތު އެ ފަރާތްތައް ނާސްތާއަށް ބޭނުންކުރަމުން ދިޔަ ތަކެތީގެ ތެރެއިން ނަގާފައިވާ ވީޑިއޯއެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©