މުޙައްމަދު އިބްރާހިމް
12 September 2019
މަޤްބޫލު ޙަބަރު

ކ. ގުޅީ ފުއްޓަރަށް ހަތް މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ބުނީ، ކ. ގުޅީ ޕޮލިސް ޑެސްކަށް އެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:49 އެހާކަންހާއިރު ކަމަށެވެ.

އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ރައްޔިތުން އަދި ކައުންސިލް ގުޅިގެން ބަންޑުން ޖަހާލި ޑިންގީ އަނެއް ފުށަށް ޖަހާފައިވާ ކަމަށާއި އޭރު މަސް ބާނަން ޑިންގީގައި ތިބި އެންމެން ފުއްޓަރު މަތީގައި ތިބި ކަމަށެވެ.

ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި ޑިންގީ ބަންޑުން ޖަހާލީ ފުއްޓަރަށް ނެގި ރާޅަކާއެކު ކަމަށެވެ. އަދި ހާދިސާގައި ޑިންގީއަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©