މުޙައްމަދު އިބްރާހިމް
17 September 2019
މަޤްބޫލު ޙަބަރު

ގަލޮޅުގައި ހުރި ފޯނު ފިހާރައަކުން ވައްކަން ކޮށްގެން ނުކުތް މީހަކު ފުލުހުންގެ އަތް ދަށުވެއްޖެއެވެ.

ފުލުހުން ބުނީ، ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައިގެން ވައްކަންކޮށްފައިވާ މައްސަލައެއް ރޭ ފަތިހު 4:40 ހާއިރު ހުށަހެޅި ކަމަށެވެ.

އަދި ފުލުހުުން އެ ސަރަހައްދަށް ދިޔައިރު، އެ ފިހާރަ ތެރެއިން ދަބަހެއް ހިފައިގެން މީހަކު ނުކުތް ކަމަށާއި ފުލުުން ފެނުމާއެކު ދަބަސް އެއްލާލާފައި އޭނާ ފިލަން ދުއްވައިގަތް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާ ފަހަތުން ފުލުހުން ގޮސް އޭނާ ހުއްޓުވައި ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްގެން ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާ އެއްލާލި ދަބަސް ތެރެއިން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޓެބްލެޓްގެ އިތުރުން މޯބައިލް ފޯނާ ގުޅޭ އެއްޗެހި ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©