Wed, 3 June, 2020, 11:42 pm
މޯލްޑިވް ގޭހަށް 20 އަހަރު: ކޮންމެ 20 ވަނަ ކަސްޓަމަރަކު ގަންނަ އެއްޗެއް ހިލޭ!
3

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގޭހުގެ ހިދުމަތް ދެމުން ގެންދާ މޯލްޑިވް ގޭހުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހެވެ.

އެގޮތުން މިއަހަރު ފާހަގަކުރާ މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ، ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ގަންނަ ކޮންމެ އެއްޗެއް މުޅިން ހިލޭ ލިބޭ ޕްރޮމޯއެއް ފަށަން ނިންމާފައެވެ.

މޯލްޑިވް ގޭހުގެ މާލެ، ވިލިމާލެ އަދި ހުޅުމާލެ މިއިން ކޮންމެ އައުޓްލެޓަކުން ވެސް ވިޔަފާރިކުރާ ކަސްޓަމަރުންނަށް އޮތް މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާދަމާގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ބޮޑު ހިއްސާއަކާއެކު ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީއާ ގުޅިގެން 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އުފަންކުރުވި މޯލްޑިވް ގޭހަކީ މިއަދު ކައްކާ ގޭހުގެ އިތުރުން ސިއްހީ ދާއިރާ އާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ގޭހުގެ ބާވަތްތައްވެސް ފޯރުކޮށްދޭން އެންމެ އިތުބާރު ކުރެވޭ ކުންފުންޏެވެ.

މީގެ އިތުރުން، މޯލްޑިވް ގޭހަކީ ރާއްޖޭގައި ކުރެވޭ އިޖްތިމާއީ ތަފާތު ހަރަކާތްތަކަށް ފުޅާ ދާއިރާއެއްގައި އެހީތެރިވަމުން އަންނަ އަދި ދިވެހީގެން އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، ކަންކަމާއި ޒުވާނުންނާއި ކިޔަވާކުދީންގެ ކުރިމަގު އުޖާލާކުރުމަށް ހިންގޭ ހަރަކާތްތަކަށް ވެސް އެ ކުންފުނީގެ އެހީވެއެވެ.

މިކަންކަމާއެކު ވެސް މޯލްޑިވް ގޭހުން މިދިޔަ އަހަރު ވަނީ ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އެގޮތުން މޯލްޑިވް ގޭހަށް މިދިޔަ އަހަރު 223 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

Leave a comment

Your email address will not be published.