• Fri, 10 July, 2020, 12:57 am

  ސިފައިންނަށް ސާބަސް، ދުނިޔޭގެ ފެންވަރުގައި ވެސް ޝުކުރު ހައްގު: މިނިސްޓަރު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ދެއްކެވި ނަމޫނާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ޝުކުރު ހައްގު މަސައްކަތެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

  ކާރިސާތަކުގައި ސިފައިން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރައްވާ ކަޅުތުއްކަލާކޮށީގައި އިއްޔެ ސިފައިންނާ ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ، ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ވަގުތު ރޭގަނޑެއް ދުވާލެއްނެތި ސިފައިން މަސައްކަތްކުރައްވާތަން ވަރަށް ގާތުން އެކަމަނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

  އަދި ފާއިތުވި މަހުގައި މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއަށް އަލިއަޅުއްވާލައްވައި އެ ހާދިސާގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އައްސަރިބަހާއި ސާބަސް ދެއްވިއެވެ.

  އިއްޔެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވަނީ އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.

  ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ހެންވޭރު ތިލަފުށި ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އެއްކޮށް އަނދާ ހުލުވިއެވެ.

  އަދި ހަތް ގެއަކަށް އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ހާދިސާގައި އެތައްބަޔަކު ހާލުގައި ޖެހި ގެދޮރު ގެއްލިފައިވެއެވެ.

  މި ހާދިސާ ހިނގިތާ 10 ވަރަކަށް ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހުގެ ހަވީރު މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ލޯންޗާއި އެ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއް ގޮވައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

  މި ހާދިސާގައި ނުވަ މީހަކު އައިޖީއެމްއެޗަށް ގެންދިޔައިރު، ހަތް މީހަކު ފިހިގެން މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. އަދި ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހިފައިވާ ކަމަށް ފުލުހުން ބުނާއިރު، އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

  މި ދެ ހާދިސާގައި ވެސް ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުންވަނީ އަލިފާން ނިއްވުމުގައި އަވަސް ފިޔަވަޅު ތަކެއް އަޅައި، ނަމޫނާ މަސައްކަތަކެއް ކޮށްފައެވެ. އަދި ސިފައިންނާއި ފުލުހުންނަށް އާންމުންގެ ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.