މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ރ. އަތޮޅު އުނގޫފާރުގައި ބުޅަލުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާ ކަމަށް ބުނެ އަގު ދީގެން ބުޅާ މަރަން އެ ކައުންސިލުން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން މިއަދު ވަނީ، ބުޅަލުގެ އުނދަގޫ ކުޑަ ކުރުމަށްޓަކާ ބުޅާ ހިފުމަށްފަހު ކައުންސިލާއި ހަވާލު ކުރުމުން ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދިނުމަށް ނިންމައި އެކަން  އިއުލާން ކޮށްފައެވެ.

ބުޅާ ކައުންސިލާ ހަވާލު ކުރަން ޖެހޭނީ މަރާލުމަށް ފަހުގައި ކަމަށާއި އެއަށްފަހު އެ ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ ވިދާޅުވެފައިވެއެވެ.

ނަމަވެސް އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށުމުން އުނގޫފާރު ކައުންސިލުން މިރޭ ނެރުނު ގަރާރެއްގައި ބުނީ، އެ އިއުލާނާ ގުޅިގެން ރައީސް އޮފީހާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަންބޮޑުވުން ފާޅުކުރަމުންދާތީވެ، ބުޅާ މަރަން އެ ކައުންސިލުން ނެރުނު އިއުލާން ބާތިލްކުރަން ނިންމާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©