މުޙައްމަދު އިބްރާހިމް
03 October 2019

މަޤްބޫލު ޙަބަރު

ރިސޯޓެއްގެ ގާ އަޅާ މެޝިނެއްގެ ބެލްޓް ދަށުވެގެން ބިދޭސީއަކު މަރުވެއްޖެއެވެ. މިހާދިސާގައި މަރުވެފައިވަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުންއައި 25 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން މިއަދު ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ނ.އަތޮޅު ދިގުރަށުގައިކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ބިދޭސީއެއް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ލިބުނު އަނިޔާތަކާއެކު ނ. މަނަދޫ ހޮސްޕިޓަލަށް އިއްޔެ އިރުއޮއްސި 6:20 ހާއިރު ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ބިދޭސީ މީހާ އޮތީ މަރުވެފައި ކަމަށް މަނަދޫ ހޮސްޕިޓަލުން ބުނި ކަމަށެވެ.
