މުޙައްމަދު އިބްރާހިމް
03 October 2019
މަޤްބޫލު ޙަބަރު

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރަން އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެ މަގާމަށް ކުރިމަތިލައްވަން ހުޅުވާލީ އަމްޖަދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީ އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ނަމެއް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ފުއާދު ހިމެނި ވަޑައިގަންނަވައެވެ.

ރައީސް އިސްކަން ދެއްވި ތަރުތީބު:

1- ފުއާދު ތައުފީގު، މއ. ތަޅަމުދިގެ

2- އަމްޖަދު މުސްތަފާ، އަލިވާގެ ގއ. މާމެންދޫ

3- ހަސަން ނާޒިމް، ހ. ގާޑެނިއާ

4- ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

އިލެކްޝަނަށް ދެން ކުރިމަތިލެއްވި ބޭފުޅުން:

1- އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ

2- މުއާވިޔަތު މުހައްމަދު، މ. ޒޭވަރު

3- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851

4- މުހައްމަދު އަހުމަދުފުޅު، ބުރެވިމާގެ، ޅ. ހިންނަވަރު

5- ނިއުމާތު ޝަފީގް، މ. މާފުށީގެ

6- މުހައްމަދު އިސްމާއިލް، މ. ކެލަން

ރައީސް ފޮނުވި ނަންތައް ވަނީ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކަށް ފޮނުވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©