މުޙައްމަދު އިބްރާހިމް
03 October 2019
މަޤްބޫލު ޙަބަރު

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާ އާއެކު ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ހެނދުނު ފަށައިފި އެވެ.

މިއަދުގެ އެޖެންޑާއަށް ބަލާލާއިރު، އެންމެ އެންމެ ފުރަތަމަ އޮތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެމްބަރަކު ހޮވުމުގެ މަސައްކަތް ކޮމިޓީއަށް ފޮނުވުމެވެ. އަދި ހަމައެހެންމެ އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުން ވެސް މިއަދުގެ އެޖެންޑާގައި ވެއެވެ.

މީގެ އިތުރުން އިބްތިދާއީ ބަހުސް މަރުހަލާގައި ދެ ކަމެއް އެބަ އޮތެވެ. އެއީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހަޅުއްވާފައިވާ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި، ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭ ގޮތުން ހުށަހަޅާ ގަރާރެވެ.

Leave a Reply

Your email address will not be published.

haftha.mv ©