މުޙައްމަދު އިބްރާހިމް
03 October 2019
މަޤްބޫލު ޙަބަރު

މާލެ ތެރޭގައި އިންޖީނު ނެތި ބަހައްޓާފައި ހުންނަ ވެހިކަލްތައް އުކާލާނެ ކަމަށް މޯލްޑިވްސް ޕޮލިސ ސާވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެ ތެރޭގައި އިންޖީނު ނެތި ބަހައްޓާފައި ހުންނަ ވެހިކަލް ކުނީގެ ގޮތުގައި އުކާލެވޭނެ ކަމަށެވެ. އަދި އިންޑަސްޓްރިއަަލް ޒޯންގައި ހުރި މިފަދަ ވެހިކަލްތަކެއ އިއްޔެއާއި ރޭގެ ވަގުތު ތަކުގައި އުކާލާފައިވާ ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ މާލޭ ހުޅަނގު ދެކުނު ފަރާތުން ހަތް ވަރަކަށް ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކޮށްފައިވާ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަކީ މާލޭގެ ގުދަންތަކާއި ގަރާޖް އަދި ވޯކްޝޮޕްތައް އެތަނަށް ބަދަލުކުރުމަށް ތަރައްގީ ކުރި ތަނެކެވެ. ނަމަވެސް މިސަރުކާރުން އެތަނަށް އިހްމާލުވެފައިވާ ކަން ގިނަ ބަޔަކު ދެކެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©