Sun, 26 January, 2020, 10:02 am
ސިންދިތާގެ ތިޖޫރި ފަޅާލާ، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 30،000 ދިވެހި ރުފިޔާ އާއި 4700 ޑޮލަރު ތިޖޫރީގައި ހިމެނޭ ކަމަށް ބުންޏެވެ.
ވައްކަމުގެ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަންތައް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ.

Leave a comment

Your email address will not be published.