މުޙައްމަދު އިބްރާހިމް
03 October 2019
މަޤްބޫލު ޙަބަރު

އއ. ތޮއްޑޫގައި މާރާމާރީއެއް ހިންގައި އެކަކުގެ ބޯ ފަޅާލައި އެކިވަރުގެ އަނިޔާ ދީފިއެވެ.

ފުލުހުން ބުނީ، އެރަށުގައި މާރާމާރީއެއް ހިންގައި 26 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:30 އެހާކަންހާއިރު ލިބުނު ކަމަށެވެ.

ނަމަވެސް މޫސުން ގޯސްވެ ދަތުރު ނުކުރެވުމުން ތޮއްޑޫއަށް ދިއުމުގައި ފުލުހުންނަށް ދަތިތަކާ ކުރިވި ނަމަވެސް މިއަދުގެ 11:00 ގައި ފުލުހުން އެރަށަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، މާރާމާރީގައި އަނިޔާވި މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މާރާމާރީގައި އޭނާގެ ބޯ ފަޅައިގެން ގޮސް، އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ތޮއްޑޫގައި ހަރަކާތްތެރިވި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©