Fri, 5 June, 2020, 2:46 am
ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް އައްޑޫ ސިޓީން ބިން ދޫކުރަނީ
3

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުގައި ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ދޫކުރުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށާއި، އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުން ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މިބިންތަކުގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކާނީ 20 އޮކްޓޯބަރު އިން ފެށިގެން 13 ނޮވެންބަރުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް ކައުންސިލް އިދާރާއިން ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ ދެހާސް ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ ތިންސަތޭކަ ޔޫއެސް ޑޮލަރު އަށް ކަމަށެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައި ކަމަށެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައި ކަމަށެވެ.

Leave a comment

Your email address will not be published.