Fri, 29 May, 2020, 6:28 pm
ރާއްޖޭގެ މަސްދޯންޏެއް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅެނިކޮށް ހިފަހައްޓައިފި
2

ދިވެހިރާއްޖޭގެ މަސްދޯންޏެއް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅެނިކޮށް އިންޑިޔާގެ ކޯސްޓު ގާޑުން ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަންބަރީ ނަމަކަށް ކިޔާ ރާއްޖޭގެ މި ދޯނި ހިފަހައްޓާފައިވަނީ މަލިކާއި 3 މޭލު ބޭރުންނެވެ. އަދި މި މައްސަލަ މިހާރު އިންޑިއާގެ މެރިން ޕޮލިހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވެސް އިންޑިއާ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯންޏެއް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އިންޑިއާ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި މަސްދޯނި ވަނީ އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފައެވެ. އެމްއެންޑީއެފް އިން ބުނީ އެ ފަހަރު މަސްދޯނި އިންޑިއާގެ ސިފައިން ދޫކޮށްލީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ކަމަށެވެ.

Leave a comment

Your email address will not be published.