މުޙައްމަދު އިބްރާހިމް
05 October 2019
މަޤްބޫލު ޙަބަރު

އަންހެން ކުއްޖެއްގެ ފޮޓޯތަކެއް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އެ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުުހުން ބުނީ، އެ މައްސަލާގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ނަމަވެސް މާބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ. ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމާއި ޖިންސީ ފުރައްސާކުރުމުގެ ކުށުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ރައްޓެހިވެގެން އުޅޭއިރު އިތުބާރުކޮށް ހިއްސާކުރާ ފޮޓޯތަކެއް ބޭނުންކޮށްގެން ބުލެކްމައިލްކުރާ މައްސަލަތައް ވެސް މަދުން ނަމަވެސް ފުލުހުންނަށް ހުށަހެޅެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©