Fri, 29 May, 2020, 6:48 pm
އައްޑޫގައި ޒަހަމް ތަކަކާއެކު އެއްލާލާފައި އޮތް މީހަކު ފެނިއްޖެ
5

އައްޑޫ ސިޓީގެ ހުޅުދޫގައި ޒަހަމްތަކަކާއެކު އެއްލާލާފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މިރޭ 7:00 ހާއިރު ހުޅުދޫގެ ފުލެޓް ސަރަހައްދުން ފެނުނު އެ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލައި، ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.

އަދި ހުޅުދޫ ހެލްތު ސެންޓަރުގައި އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

Leave a comment

Your email address will not be published.