Fri, 29 May, 2020, 5:20 pm
ސްޓާފް ސާޖަންޓް ރިޔާޒު ސިފައިންގެ އިއްޒަތުގައި ވަޅުލައިފި
2

ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ސާޖަންޓް އަލީ ރިޔާޒް ސިފައިންގެ އިއްޒަތުގައި ވަޅުލައިފިއެވެ.

އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ރިޔާޒް، ނިޔާވީ މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ޖެހުމަށްފަހު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ދަރިވަރެއް ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓިގެންނެވެ.

އަދި ވަގުތުން އެމަޖެންސީގައި ރިޔާޒު މާލެ ގެނެސް އެޑީކޭ ހޮސްޕިޓަލަށް ގެނެވުނެވެ.

ރިޔާޒުގެ މޫނު ދެއްކުން މިއަދު އާސަހަރާގައި ބޭއްވުމަށްފަހު ކަށު ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. ކަށު ނަމާދުގައި ގިނަ އަދަދެއްގެ އާންމުންނާއި ސިފައިންގެ ބޭކަލުން ބައިވެރިވިއެވެ.

Leave a comment

Your email address will not be published.