Fri, 5 June, 2020, 12:01 pm
ބައެއްހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުމް ގޯސް
2

ރާއްޖޭގެ ބައެއްހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މުސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއަރޮލެޖިކް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުންބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

Leave a comment

Your email address will not be published.