Fri, 5 June, 2020, 12:10 pm
ތިން ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން ހަވާލުކޮށްފި
2

ތިން އަތޮޅެއްގައި ހަދާ ތިން ކޯޒުވޭއެއްގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

ތ. ވޭމަންޑޫ އާއި ތ. ކިނބިދޫއާ ދެމެދު، ގދ. ފަރެސްމާތޮޑާ އާއި އެރަށު އެއާޕޯޓާ ދެމެދު، ގދ. މަޑަވެލި އާއި ގދ. ހޯދެއްދޫއާ ދެމެދު އަދި މ. މުއްޔާއި މ. ނާލާފުއްޓާ ދެމެދު އަޅާ ކޯޒްވޭގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް ހަދަން މިއަދު ހަވާލުކުރީ އިންސާ ޕްރައިވެޓް ލިމިޓެޑާއެވެ.

މި ކޮންޓްރެކްޓްގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އިންސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް އިންޖިނިއާ އާދަމް ސާނީޒެވެ.

މި ތިން އަތޮޅުގެ ތެރެއިން ތ. ވޭމަންޑޫ އާއި ތ. ކިނބިދޫއާ ދެމެދު އަޅަން ނިންމާފައިވާ ކޯޒްވޭގެ ޑިޒައިނާއި އީއައިއޭގެ މަސައްކަތް 185,000.60 ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރީ 33 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގދ. ފަރެސްމާތޮޑާ އާއި ފަރެސްމާތޮޑާ އެއާޕޯޓް އަދި މަޑަވެއްޔާއި ހޯޑެއްދޫ ކޯޒުވޭގެ މަސައްްކަތުގެ ޑިޒައިނިނާއި އީއައިއޭގެ މަސައްކަތް ހަވާލުކުރީ 174,661.50 ރުފިޔާ އަށެވެ. އެއީ 80 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން މ. މުއްޔާއި މ. ނާލާފުށިގެ ކޯޒުވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް 210,000.33 ރުފިޔާއަށް 39 ދުވަހުގެ ތެރޭގައި ނިންމަން މިއަދު ވަނީ ހަވާލުކޮށްފައެވެ.

Leave a comment

Your email address will not be published.