މުޙައްމަދު އިބްރާހިމް
06 October 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ “އެކްސަސައިޒް އެކުވެރިން 2019” ގައި ބައިވެރިވާ ސިފައިން މިއަދު އިންޑިއާއަށް ފުރައިފިއެވެ.

މި އަސްކަރި ތަމްރީނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމެއްގައި ބާއްވަމުން އަންނަ ތަމްރީން ތަކެކެވެ. މިދިޔަ އަހަރު މި ތަމްރީންތައް ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައެވެ.

މިއަހަރު ބާއްވާ 10 ވަނަ އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޕޫނޭގައެވެ.

“އެކްސަސައިޒް އެކުވެރިން” އަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓާ އިންސަޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©