މުޙައްމަދު އިބްރާހިމް
06 October 2019
މަޤްބޫލު ޙަބަރު

މިދިޔަ މަހުގެ 20 ވަނަ ދުވަހު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި ބޭންކު އެކައުންޓަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުނެފިއެވެ.

ހ. ތިލަފުށީ ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ބޭންކު އެކައުންޓެއް ހުޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފަޔާ ރިލީފް އެކައުންޓް މިއަދު ހަވީރު 4:00 ގައި ބަންދުކުރިއިރު، އެކައުންޓަށް 2.5 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

ހެންވޭރު އަލިފާނުގެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

އަދި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އާންމު ރައްކާތެރިކަމަށް ނުވަ އިމާރާތެއް ތަޅާލިއިރު، މީހުންނަށް ދިރި ނޫޅެވޭވަރަށް ހަ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ.

އަދި މީހުން ދިރިއުޅެވޭވަރުވި ނަމަވެސް މަރާމާތަށް ބޭނުންވާ ފަސް ގެއެއް އެބަހުރި ކަމަށް ޑިޒާސްޓާ މެނޭޖުމެންޓުން ބުނެއެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން މީގެ ކުރިން ބުނެފައިވަނީ، މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލުގައި، ޑިޒާސްޓާގެ ގަވާއިދުގެ ދަށުން ދެނީ ލިބޭ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ. ނަމަވެސް އެކި ފަރާތްތަކުން ދީލަތި އެހީއާއެކު، ދޭ ބަދަލު 20 ޕަސަންޓަށް ވުރެ އިތުރު ވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©