މުޙައްމަދު އިބްރާހިމް
06 October 2019
މަޤްބޫލު ޙަބަރު

ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގައުމީ ކްރެކެޓް ޓީމުގެ ކޯޗު އާސިފް ހާން ކޯޓުން ދޫކޮށްލައިފިއެވެ.

އާސިފް ހާން އިއްޔެ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި، ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ފުރަސް ގޮސް ހުއްޓައެވެ.

ފުލުހުން ބުނީ އޭނާ ކޯޓުން ދޫކޮށްލީ، ބަންދުގެ މުއްދަތު ޖަހައި ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއިރު އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ ކަމަށެވެ.

ތުހަމަތަށް ހައްޔަރު ކުރެވޭ މިހާ 24 ގަޑިއިރު ތެރޭ ބަންދުގެ މުއްދަތު ޖަހައި ދިނުމަށް އެދި ކޯޓަށް ގެންދަން ޖެހެއެވެ.

ފުލުހުން ބުނީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށާއި 30 ދުވަސް ވަންދެން ފުރުން މަނާކޮށްފައިވާތީ އޭނާ ހުރީ ރާއްޖޭގައި ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުންޏެވެ.

އަދި އޭނާ ކޯޓުން ދޫވާން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށާއި އެކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©