މުޙައްމަދު އިބްރާހިމް
07 October 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ 60 މީހަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވީލްޗެއާ ހަދިޔާކޮށްފިއެވެ.

މިއީ ބޭންކުން ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް” ޕްރޮގްރާމްގެ ތެރެއިން 2017 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރާއެކު ހިނގާ ބިނގާވެ އުޅުމަށް ދަތި، ނުކުޅެދުންތެރިކަން ހުންނަ 76 މީހަކަށް މޮޓްރައިޒްޑް ވީލްޗެއާ ބީއެމްއެލް އިން ވަނީ ހަދިޔާކޮށްފައެވެ.

ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދު ވެސް ވަރަށް އިސްކަންދޭ ކަމަށެވެ.

“މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،” އޭނާ ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©