.
09 October 2019
މަޤްބޫލު ޙަބަރު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އަށް 848 މިލިއަން ރުފިޔާ ދެއްކުމަށް ނިންމައި ސެޓްލްމެންޓް އެއްބަސްވުމެއް ދިވެހި ސަރުކާރުން ހަދައިފިއެވެ.

މިއެއްބަސްވުން ހަދާފައިމިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ އިން ނެދަލޭންޑްސްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ދިވެހި ސަރުކާރާ ދެކޮޅަށް 155 މިލިއަން ޑޮލަރު ބަދަލުގައި ހުށައެޅި މައްސަލައިގެ ތެރެއިން  ކޯޓުން ބޭރުގައި އެކުންފުންޏަށް ދެއްކުމަށް ދިވެހި ސަރުކާރުން ނިންމި ސެޓްލްމެންޓް އެއްބަސްވުމެކެވެ.

ނޫމަޑިއާ ދިވެހި ސަރުކާރާއި ދެމެދު 2011 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމަކީ 600 ހައުސިން ޔުނިޓު އެޅުމަށާއި އަދި 2013 ވަނަ އަހަރު 500 ހައުސިން ޔުނިޓްގެ އިތުރުން ޕޮލިސް އެކެޑަމީ ފޭސް 1 އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރާ ވެވުނު އެއްބަސްވުންތަކެވެ.

މިމަސައްކަތްތަކަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ހޯދުމަށް ނޫމަޑި އިން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅުމުން، ކޯޓުން ބޭރުގައި މައްސަލަ ނިންމާލީ އެކަން ކުރުމަށް އޮތް ރަނގަޅު ގޮތަކީ އެއީ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އުފެއްދެވި ސެޓްލްމެންޓް ކޮމިޓީއަށް ފެންނާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވަނީ ނޫމަޑި އިން ކޮންޓްރެކްޓާ ޚިލާފުވި ކަމަށް ބުނެ ނިމިގެންދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©