Fri, 29 May, 2020, 7:11 pm
ޑައިވްކުރަނިކޮށް ޑީކޯވި ފަތުރުވެރިއަކަށް ފަރުވާދެނީ
3

ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކަށް އަވަސް ފަރުވާ ދިނުމަށް ސީއެމްބިޔުލާންސްގައި މިއަދު އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، ޑީކޯވި ފަތުރުވެރިޔަކީ އއ.ރަސްދޫ ކައިރީ އޮތް “ބުލޫ ޝާކް” ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅުނު 58 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ.

މި މީހާއަށް އަވަސް ފަރުވާ ދިނުމަށް ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.

އަދި ސީއެމްއެމްބިޔުލާންސް އެ ސަރަހައްދަށް ފޮނުވައި، މިއަދު ހެނދުނު 09:38 ހާއިރު އެމީހާއަށް އަވަސް ފަރުވާ ދިނުމަށް ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Leave a comment

Your email address will not be published.