މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

ފުވައްމުލައް ސިޓީގައި އަލަށް އިންސްޓޯލްކުރާ ޖަނަރޭޓަރު އެރަށަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

އަތޮޅުތަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކަށް ފޮނުވާފައިވަނީ 1.2 މެގަވޮޓްގެ ޖަނަރޭޓަރެއް ކަމަށެވެ. އަދި އެ ޖަނަރޭޓަރު ޭގެ ވަގުތެއްގައި ލޯޑް ކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

އެ ކުންފުނިން ބުނީ، އެ ޖަނަރޭޓަރު ތިން ދުވަސް ތެރޭގައި ފުވައްމުލަކަށް ލިބޭނެ ކަމަށެވެ. އަދި ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ޖަނަރޭޓަރު އިންސްޓޯލް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.

ދިހަހާސް މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގައި މިހާރު ވެސް ހަތަރު ޖަނަރޭޓަރު ސެޓް ހުރެއެވެ. އެ ހަތަރު ޖަނަރޭޓަރުން ޖުމްލަ 4.2 މެގަވޮޓްގެ ކަރަންޓް އުފައްދާއިރު ވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމަކީ އެރަށަށް ދިމާވާ މައްސަލައެކެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު މީގެ ކުރިން މީޑިއާއަކަށް ވިދާޅުވެފައިވާ ގޮތުން، އެ އިންޖީނުތައް އޯވަހޯލް ނުކުރެވުމާއި ޑީކާބަނައިޒް ނުކުރެވުމުގެ ސަބަބުން އިންޖީނުތަކުގެ ހާލަތު ވަރަށް ދަށަށް ގޮސްފައެވެ.

އަދި މިހާރުގެ ހާލަތު ހުރި ގޮތުން އެއްވެސް ޖަނަރޭޓަރަކަށް މައްސަލައެއް ޖެހިއްޖެނަމަ، ފުވައްމުލަކަށް 24 ގަޑިއިރު ކަރަންޓު ދިނުމުގެ ގާބިލްކަމެއް، އެ އިންޖީނުގެއަކު ނެތް ކަމަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©