Fri, 29 May, 2020, 7:19 pm
ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓުވެ ދެ މީހަކު ސީރިއަސް
3

އައްޑޫ ސިޓީ ލިންކު ރޯޑުގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު 1:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ އެކްސިޑެންޓުގައި ފަސް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން ޕިކަޕްގެ އެތެރޭގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަހަތުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އިތުރު މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

Leave a comment

Your email address will not be published.