Wed, 3 June, 2020, 5:58 pm
ލޯންޗެއްގެ ބުރަފަތިން ޖެހި ޒުވާނެއްގެ ފައި ބުރިވެއްޖެ
2

ލޯންޗެއްގެ އެކްސިޑެންޓެއްގައި ރ. އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކަން ހިނގާފައިވަނީ އިނގުރައިދޫ ކައިރީގައި އޮންނަ ތިލައެއް ކައިރީގައި އެ ޒުވާނާ އާއި އިތުރު ތިން މީހަކު ފީނަން ގޮސް އުޅެނިކޮށް އެ ޒުވާނާގެ ފައިގައި ލޯންޗެއްގެ ބުރަފަތިން ޖެހިގެންނެވެ.

އެ ހާދިސާގައި ފައި ބުރިވެފައިވަނީ އިނގުރައިދޫ ހުދާމާގެ، 27 އަހަރުގެ މުހައްމަދު ހަލީމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޒުވާނާ މިހާރު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ގެންދިޔައިރު ވެސް ފައިގެ ކަށިމަތިން އެއްކޮށް ބުރިވެފައިވާ ކަމަށްވެއެވެ. އެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Leave a comment

Your email address will not be published.