މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

ކ. އަތޮޅުން ވ. އަތޮޅަށް މޫސުން ގޯސްވެ ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިރޭ 11:00 އާ ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ، އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމައެވެ.

މެޓް އޮފީހުން މާދަމާގެ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވައި ޖެހޭނެ ކަމަށް ބެލެވެނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހުން ވެސް އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް މިރޭ އާދައިގެ ވަރަކަށް މަޑުވެފައިވާ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©