Wed, 19 February, 2020, 3:34 am
ކެނދިކުޅުދޫގައި ސައިކަލުން ވެއްޓި އަންހެނަކު ނިޔާވެއްޖެ

ނ. ކެނދިކުޅުދޫގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަންހެނަކު ނިޔާވެއްޖެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް މީޑިއާތަކަށް ވިދާޅުވީ، މިއަދު އިރުއޮއްސި 6:15 ހާއިރު އެ އަންހެން މީހާ އެކަނި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ވެއްޓުނީ އެރަށު ސިއްހީ މަރުކަޒާއި ވަރަށް ކައިރިއަށް ކަމަށެވެ.

އަދި ވަގުތު އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދިޔަ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ވެސް ކުރި ކަމަށެވެ. ނަމަވެސް މިރޭ 8:40 ހާއިރު އޭނާ ނިޔާވީ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރާ ހަވާލާދީ ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ، އަންހެން މީހާ ނިޔާވީ ވެއްޓި ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ކަމަށާއި އަނގަ އާއި ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ.

ނަމަވެސް މަރުވެފައިވަނީ ކޮން ނަމެއް ކިޔާ ކިހާ އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގެއެވެ.

Leave a comment

Your email address will not be published.