Fri, 29 May, 2020, 6:48 pm
ބީއެމްއެލް އިން މާސްޓަކާޑް ތައާރަފްކޮށްފި
2

ދިވެހިންގެ ބޭންކް ބެންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މާސްޓަރކާޑް ރާއްޖެއަށް ތައާރަފްކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމްއެވެ.

މި ރަސްމިއްްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މާސްޓަރކާޑް ތައާރަފްކޮށްފައި ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުންކަމަށެވެ.

އަދި ޑިޖިޓަލް ބޭންކިންގގެ އެންމެ ކުރީގައި ބޭންކް އޮފް މޯލްޑިވްސް ފައިތިލަ ސާބިތުކޮށްފައިވާކަމީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަސާއި އެގޮތުން ބީއެމްއެލް އާއި މާސްޓަރކާޑަކީވެސް ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށްވުމުން، މި ގުޅުމާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ބީއެމްއެލް އިންވަނީ މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއް ރާއްޖެއަށް ތައާރަފް ކޮށްފައެވެ. މީގެ ތެރޭގައި މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓަރކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ.

އަލަށް މި ތައާރަފް ކުރެވުނު މި ކާޑާއިއެކު މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓަރކާޑް ޕްރޮޑަކްޓްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑުތަކެއްކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބެންކް އޮފް މޯލްޑިވްސްއިން މާސްޓަރ ކާޑް ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ ޚިދުމަތް ބީއެމްއެލްއިން ފޯރުކޮށްދެއެވެ.

Leave a comment

Your email address will not be published.