.
21 October 2019
މަޤްބޫލު ޙަބަރު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި ފަރާތްތައް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބަ ތިއްބެވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވިދާޅުވެއްޖެއެވެ.

ޕީޖީ އައިޝަތު ބިޝާމް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓާއި ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. އެހެންނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ޕީޖީ ބިޝާމް ވިދާޅެއްނުވެއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޕީޖީ ވަނީ އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތާއިގުޅިގެން މިހާރު ކުރިޔަށްދާ ތަހުގީގަށް ހުރަސް އެޅިދާނެތީ ކޮމެޓީ ސިއްރު ކުރުމަށް އެދިލައްވާފައެވެ. އެހެންނަމަވެސް ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ކޮމިޓީގައި ހާމަކުރެވެން ހުރި މައުލޫމާތު ހާމަ ކޮށްދެއްވުމަށް ޕީޖީގެ ޕީޖީގެ ކިބައިން އެދިލައްވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©