.
21 October 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބް ރައީސަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސްލަރކަންވެސް ކުރިން ކުރައްވާފައިވާ ޑރ ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ދާހިލީ ކަންކަމާބެހި ފާޑު ކިޔާކަމަށްބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލިސް މައްސަލައެއް ހުށަހަޅައިފައިވަނިކޮށް ޝަހީމްގެ ފޭސްބުކް ޕޯސްޓެއްގައި މިއަދު އާންމުކުރި ބަޔާނެއްގައެވެ.

ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ އެމަނިކުފާނު ނުބެހޭކަމަށެވެ. އެހެންނަމަވެސް އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ ޢިލްމީ ޚިޔާލެއް ދިނުމަކީ މަޤާމުގެ ހައިސިއްޔަތު މަނާކުރާ ކަމެއްނޫންކަމުން މިހާތަނަށް ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން ޕްރޮފެޝަނަލް ގޮތެއްގައި ވާހަކާފައިވާނެކަމަށެވެ.

ޝަހީމް ވިދާލުވީ އެމަނިކުފާނުގެ ވާހަކަދައްކާފައިވާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެއްކޮށްނުލުމަށާއި، ޓެރަރިޒަމްގެ ޤާނޫނުގެ މައްސައާއި، މީގެ އިތުރުން އެމްޑީއެންގެ މައްސަލައިގައިކަމަށެވެ.

“އަޅުގަނޑަކީ ރާއްޖޭގެ ކުރީގެ ތިން ސަރުކާރުގައި އިސްލާމީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަމާއި މިނިސްޓަރކަން ކޮށްފައިވާ މީހެއްކަމުން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ވައިސްޗާންސެލަރ އަދި ޗާންސެލަރގެ މަޤާމު ވެސް ފުރާފައިވާ މީހެއްގެ ހައިޘިއްޔަތުން، ރާއްޖޭގެ އިސްލާމީ އެކި އެކި ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ނުވަތަ ޢިލްމީ ގޮތެއްގައި ޚިޔާލު ދިނުމަކީ ކުރެވޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދުވަހަކު ވެސް ސަރުކާރަށް ހުތުރު ބަހެއް އަޅުގަނޑު ބުނެފައި ނުވާނެއެވެ. ރައީސަށް ވެސް ނައިބް ރައީސަށް ވެސް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެ.” ޑރ ޗަހީމް ވިދާޅުވެފައިވެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ޑރ ޝަހީމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް މައްސަލައިގައި ވާހަކަ އެމަނިކުފާނު ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުންކަމަސާއި އަދި އެކަމުގައި އެދިފައިވާނީ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށްކަމަށެވެ. އަދި އެއްވެސް ފަރާތަކުން މީހުންނަށް ބިރު ދައްކައި ގޯނާކޮށް އިންޒާރު ދިނުމަކީ ތާއިދު ކުރާ ކަމެއްނޫން ކަމުގައި ވެސް ބުނެފައިވާނެކަމަށްވެސް ޝަހީމް ވިދާލުވިއެވެ.

“އިސްލާމީ ޢަޤީދާއާއި ރާސޫލާގެ ޠާހިރު ޝަރަފްވެރި ޝަޚުޞިއްޔަތަށް ބަދު ބަހެއް ބުނުމަކީ ޤާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަންޖެހޭ ކަމެކެވެ. މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެއެވެ. ޞަލަވާތާއި ސަލާމްލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުޞިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުޞިއްޔަތެކެވެ. ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާޢުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީމުހެވެ. އެކަލޭގެފާނުގެ ދިފާޢުގައި ފިޔަވަޅު އެޅެން ނުކުޅެދޭ މަޤާމެއްގައިވެސް ހިދުކޮޅަކު ވެސް ނުހުންނާނަމެވެ.” ޑރ ޝަހީމްވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©