މުޙައްމަދު އިބްރާހިމް
21 October 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންތައްތަކާ ގުޅިގެން ގައުމީ ދިފާއީ ބާރާއި ފުލުހުންގެ އިސްވެރިން ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ބަންޑާރަކޮށީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ފުލުހުންގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެން މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެމްއެންޑީއެފަކުން ވެސް ފުލުހަކުން ވެސް ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ސަލާމަތީ މަޝްރަހާ ގުޅޭގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބައްދަލުކުރައްވާފައި މިވަނީ، އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކާ ގުޅިގެން، އެ ޖަމިއްޔާ އުވާލަން އެތައް ބަޔަކު ސަރުކާރަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

އަދި އެ ޖަމިއްޔާ އުވާލަން ބާއްވަމުންދާ އެއްވުންތަކުގައި، އެ ޖަމިއްޔާއަށް ނިސްބަތްވާ ފަރާތްތައް މަރަން ގޮވަމުންދާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަރުގެ އިންޒާރުދީ ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓަރުތަކެއް ދައުރު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©