މުޙައްމަދު އިބްރާހިމް
21 October 2019
މަޤްބޫލު ޙަބަރު

ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާން ސަރުކާރުން ރާއްޖެއަަށް 70 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދޭން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގައި ދެގައުމުގެ ދެމެދު ސޮއިކޮށްފައިވަނީ، ރައީސުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރި “އެކްސްޗޭންޖް އޮފް ނޯޓްސް” ގެ ދަށުން 500 މިލިއަން ޖަޕަނީސް ޔެން (70 މިލިއަން ދިވެހި ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ލިބޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރައީސްގެ އަރިހުގައި ޖަޕާނަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނާއީއެވެ.

Leave a Reply

Your email address will not be published.

haftha.mv ©