މުޙައްމަދު އިބްރާހިމް
22 October 2019
މަޤްބޫލު ޙަބަރު

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އުމުރުން 31 އަހަރުގެ ފިރިހެން ފުލުހެއް، ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދު ކަމަށެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މިމަހުގެ ހަފްތާއެއް ކުރިން ވެސް ވަނީ ބުލެކްމެއިލް ކުރަން އުޅުނު ފިރިހެން ފުލުހެއްގެ މައްސަލައެއް ބަލަން ފަށައިފައެވެ. ނަމަވެސް އެ މައްސަލާގައި އެ ފުލުހުން މީހާ ހައްޔަރުކުރި ކަމެއް އަދި ފުލުހުން ނުބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©