.
22 October 2019
މަޤްބޫލު ޙަބަރު

އާޓިފިޝަލް ބީޗް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނިގެން މިއަދު ހެދުނު އޭޑީކޭ ހޮސްޕިޓަލަށް ގެނައި މީހަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާގެ އާއިލާއާއި ގުޅިފައިވާކަމަށާއި، ޢާއިލާގެ ފަރާތުން އޭނާގެ ހަށިގަނޑާއި މިހާރު ހަވާލުވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލު ދެރަވެފައި އިންކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 6:20 ހާއިރު ފުލުހުންނަށް ލިބުމާއެކު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް މަރުވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©