

ކުޅުދުއްފުށި ކަކާގޭ ތެރޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެގެން ރޭ ދަންވަރު 4:10 ހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލަ މިހާތަނަށް ބެލިބެލުމުން އެގެނީ އެކަމަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ކުޅުދުއްފުށީ ކަކާ ގޭގެ އެތެރޭގައިއި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލާފައި ވާކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެކަމަކީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމެއް ކަމަށްބެލެވޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންބުނީ ކުޅުދުއްފުށި ކަކާގޭ ތެރޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެގެން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ދަންވަރު 4:10 ހާއިރު ކަމަށެވެ. އެގޮތުން އެގެއަށް ފުލުހުން ދިޔައިރު ސައިކަލުގެ އިތުރުން، ގޭގެ އަސްކަނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި ވެސް ރޯވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ސިފައިން ބުނި ގޮތުގައި ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން އަލިފާން މުޅިން ނިއްވާލެވުނީ ފަތިހު، 4:40 އެހާއިރު އެވެ.
