.
22 October 2019
މަޤްބޫލު ޙަބަރު

ފަހުގެ ތާރީޚްގައި ރާއްޖޭގައި ހިގާފައިވާ އެންމެބޮ ޚިޔާނާތް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވި ކަމުގެ ތުހުމަތުތަކެއް ބަލަން ފަށާފައިވާ ކަމަށް ފުލުސް އިދާރާއިން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުތަކެއްގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބަލަމުން ގެންދާ ކަމަށެވެ.

އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކަމުގައި ޝާމިލުވާ ފުލުހުންގެ އަދަދު ހާމަކުރަން ދަތި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ ބައިވެރިވުމާ އިހުމާލު އޮތް ކަމަށް އޭސީސީގެ އިތުރުން އެ މައްސަލައިގެ އޮޑިޓް ރިޕޯޓުތަކުގައި ވެސް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުކޮމެޓީގައި މިމަހުގެ 21ވަނަދުވަހު ވާހަދައްކަވަމުން ދައުލަތުގެ ޕްރިސިކިޔުޓަރ ޖެނެރަލް އަިޝަތު ބިޝާމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ތަހްގީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ޝަރުޢީ ދާއިރާގައި މިހާރުވެސް ތިއްބެވި ބޭފުޅުންނާއި މިހާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބައިވެރިވުން އޮތްކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 1.3 ބިލިއަން ޑޮލަރަށް އަރާއިރު އެކުންފުނީ އާ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ދާދިފަހުން ވިދާޅުވެފައިވަނީ ޑޮލަރުގެ މުޢާމަލާތްކުރުމުގެ ނަމުގައި އެމްއެމްޕީއާރުސީން ތިން ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާކަމަށެވެ. އަދި އެ ފައިސާތައް އަނބުރާ އެމްއެމްޕީއާރުސީއަށް ހޯދުމަށް ޝަރީޢަތަށް ހުށައަޅާފައިވާކަމަށް ޠައްޔިބު ވިދާޅުވިއެވެ.

އެގޮތުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 10.7 މިލިއަން ޑޮލަރު ހޯދުމަށާއި، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން 2.5 މިލއަިން ޑޮލަރު އަދި މޮންޓަލިއަން އިންޓަރނޭޝަންލް ޕްރައިވެޓް ލިމިޓެޑްއިން 1.47 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©