.
22 October 2019
މަޤްބޫލު ޙަބަރު

މާފަންނު ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތަށް ނަގާ، އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން ފަށައިފިއެވެ.

ދައުލަތުގެ މިޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެފައިވަނީ އެސަރަހައްދުގައި ހުރި ވެހިކަލްތަށް ނަގާ އެސަހައްދު ސާފްކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުރައްޔިތުންގެ އެދުމުގެމަތިންކަމަށެވެ. އަދި އެ ބިމަށް ހަދާނެ ގޮތެއް ނިންމާނީ ޕްލޭނިން މިނިސްޓްރީންކަމަށް ސިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެސަރައްދުގައިހުރި ގާޑިއާތަށް ނެގީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ ތަންތަނުގެ ސާފު ތާހިރުކަން ކުޑަކަމަށް ބުނެފައިވާތީކަމަށެވެ.

ސިފާ ވިދާޅުވީ ގާޑިޔާތަކަކީ ދިވެހިން ތިބެގެން ހިންގަންޖެހޭ ވިޔަފާރިތައް ނަމަވެސް ގިނައިން ފެންނަނީ ބިދޭސީން ގާޑިޔާތައް ހިންގާ މަންޒަރުކަމަށެވެ. އެހެންކަމުން ގާޑިޔާތައް ނެގުމުގައި މިކަންކަމަށްވެސް ބަލާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©