.
22 October 2019
މަޤްބޫލު ޙަބަރު

އިންޑިއާއިން ފިޔާ ހިފައިގެން ރާއްޖެއަށް ދަތުރުކުރަމުންދަނިކޮށް އަޑިޔަށް ދިޔަ ބޯޓަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން( އެސްޓިއޯ)ގެ އަމިއްލަ ބޯޓެއް ނޫންކަމަށް އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާލުވެއްޖެއެވެ.

އަމްރު މިހެން ވިދާލުވީ އިންޑިއާއިން ފިޔާ ހިފައިގެން ރާއްޖެއަށް ދަތުރުކުރަމުންދަނިކޮށް އިއްޔެގެ ވަގުތެއްގައި އަޑިއަށް ގޮސްފައިވަނީ އެސްޓީއޯގެ ބޯޓެއްކަމަށް މިޑިއާގައި ދެކެވެމުންދިޔަވާހަކަތަކާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކުރެއްވި ޓްވިޓްގައި ވިދާޅުވީ އަޑިޔަށް ގޮސްގެން އުޅެނީ އެސްޓީއޯއަށް ފިޔާހިފައިގެން އަންނަ ބޯޓެއްކަމަށާއި، އެހެންނަމަވެސް އެބޯޓަކީ އެސްޓީއޯގެ އަމިއްލަ ބޯޓެއް ނޫންކަމަށެވެ.

މި ބޯޓުގައި ތިބި ފަޅުވެރިންގެ އަދަދާއި ލިބުނު ގެއްލުމުގެ މަޢުލޫމާތު މިހާތަނަށް ނުލިބެއެވެ. އަދި އެސްޓީއޯއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމަށްވެސް އަދި ނޭނގެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©