.
22 October 2019
މަޤްބޫލު ޙަބަރު

މިމަހުގެ ހަތްވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މަޢުލޫމާތު ފުލުހުން އާއްމުކޮށްފިއެވެ.

އިރާންގެ “އަލްޝަބާން” ނަމަކަށްކިޔާ ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ ބޯޓު އަތުލައިގެންފައިވާއިރު އެ ބޯޓު ކައިރީގައި ޙަރަކާތްތެރިވި ދިވެހި ދޯންޏެއްކަމަށްވާ “ހޭދަކުރި-7″ގައި ހަރަކާތްތެރިވަމުންދިޔަ 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެ ނެޓްވޯރކާއި ގުޅުންހުރި އިތުރު 3 މީހަކާއެކު ޖުމްލަ 13 މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ ޢާއްމުކޮށްފައެވެ.

އިރާންގެ “އަލްޝަބާން” ނަމަކަށްކިޔާ މި ބޯޓުން މަސްތުވާތަކެތި އެތެރެކުރަން އުޅު އިސް މީހުންނަކީ

އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ

އަހްމަދު ޝަކީބް (42އ) / މާތިލަ، ކ. ދިއްފުށި

މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ،

“އައްޝަބާބު” ބޯޓު ކައިރީގައި ޙަރަކާތްތެރިވި ދިވެހި ދޯނި “ހޭދަކުރި-7″ގައި ހަރަކާތްތެރިވަމުންދިޔަ މީހުން

އާދަމް މިސްބާހް (39އ) ކ ދިއްފުށި / އިރުމަތީގ

މުހައްމަދު އިނާޝް (22އ) ލ ގަން ތުނޑި، އީޓްޖެހިގެ

އަލީ އަހްމަދު (24އ)  ބަންގްލަދޭޝް

ތުހުން (36އ)  ބަންގްލަދޭޝް

އިރާންގެ “އަލްޝަބާން” ނަމަކަށްކިޔާ މި ބޯޓުން ހައްޔަރު ކުރީ މީހުން:

ފަކީރު 50އ / އިރާން ، އީސާ ސުލައިމާން 26އ / އިރާން ، އިސްމައީލް އިބްރާހީމް 50އ / އިރާން ، ނަވީދު 30އ / އިރާން ، ސާޖިދު 50އ / އިރާން ، އަލީ ރާޖާ 19އ / އިރާން

މިމަހުގެ 8ވަނަދުވަހުގެރޭ ލަންކާ އާއި ރާއްޖޭގެ ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް އިރާންގެ ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. މި މައްސަލާގައި އެ ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ “ހެދޭކުރި-7” ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެއް ވެސް ވަނީ ހިފަހައްޓައިފައެވެ.

ބޯޓުގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސްދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©