• Sat, 4 July, 2020, 12:23 am

  ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކޮށް އެބޭފުޅުންނާމެދު ލަސްނުކޮށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.

  ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ، އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

  އެކަމާ ގުޅިގެން ފަނޑިޔާރުންގެ ޖަމިއްޔާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަނޑިޔާރުންެ އަމަލުތައް ބަހައްޓަންވާނީ އެމީހުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރުގައި ކަމަށެވެ.

  ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މިވަގުތު މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ޕީޖީ ބިޝާމް ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

  “އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ ކަމާބެހޭ އިދާާތަކުން އެކަން ބަލައި، ތަހުގީގުކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ،” ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައިވެއެވެ.

  ބަޔާނުގައި އިތުރަށް ވަނީ، މުޖުތަމައުގައި ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް އިލްތިމާސް ކޮށްފައެވެ.

  ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާއިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ބުނެއެވެ.

  އަދި އެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ލިބުނު، 155 މީހެއްގެ ލިސްޓެއް އެ ކޮމިޝަނުން އާންމުކުރިއެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.