މުޙައްމަދު އިބްރާހިމް
23 October 2019
މަޤްބޫލު ޙަބަރު

ރާއްޖެއަށް މީހުން ޓްރެފިކް ކުރުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ނޭޕާލު މީހަކު އަތުލައިގެންފިއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ، އެގައުމުގެ ސެންޓްރަލް ކްރައިމް ބްރާންޗުން މިދިޔަ ހޮނިހިރު ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ޝަމްބޫ ބާބޫގިރީ ނަމަކަށް ކިޔާ 40 އަހަރުގެ ނޭޕާލް ރައްޔިތެކެވެ.

ބެންގަލޫރުގެ ޗިއްކަޖާލާ ކިޔާ އަވަށެއްގައި ހުރި ހޮޓަލެއް ރެއިޑްކޮށް އޭނާ އަތުލައިގަތީ، ރާއްޖެއަށް އިންޑިއާގެ ބެންގަލޫރުން އައި ޒުވާނުންތަކެއް ރާއްޖޭގެ އިމިގްރޭޝަނުން ހިފަހައްޓައި، އަނބުރާ ފޮނުވާލުމުން އެމީހުންގެ ފަރާޓުން ލިބުނު މައުލޫމާތުގެ އަލީގައެވެ.

ސެންޓްރަލް ކްރައިމް ބްރާންޗާ ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނީ، ބާބޫގިރީ އަތުލައިގަތީ ވަޒީފާ ދޭނެ ކަމަށް ބުނެ ނުވަ މީހަކު ރާއްޖެ ފޮނުވަން އުޅެނިކޮށް ކަމަށެވެ. އަދި އެއިން ކޮންމެ މީހެއްގެ އަތުން ތިން ލައްކަ ރުޕީސް (4229 އެމެރިކާ ޑޮލަރު) އަތުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ނުވަ މީހުން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.

އިންޑިއާ ފުލުހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ބާބޫގިރީ ރާއްޖެ އަށް މީހުން ފޮނުވަނީ އާރްޕީ ޝަރުމާ ނަމަަކަށް ކިޔާ މީހެއްގެ ހަވާލުގަ އެވެ. އެގޮތުން ފޮނުވާ މީހުންނާ ރާއްޖޭން ހަވާލުވާ ފަރާތުން އެމީހުންގެ ޕާސްޕޯޓް އަތުލައި، މުސާރަ ނުދީ މަސައްކަތްކުރުވާކަން ވެސް އާއްމުކުރި މައުލޫމާތުން އެނގެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©