.
26 October 2019
މަޤްބޫލު ޙަބަރު

އެސްޓީއޯ ޕިޕަލް ޗޮއިސް ސުޕަމާޓުގެ ފްރީޒަރުތަކުގައި ފިނިކުރި ސާމާނު ވިއްކުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ސުޕަމާޓުގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ، އެ ތަކެތި ބަލަހައްޓާނެ ބަޔަކު ހޯދަން ބޭނުންވާކަމަށެވެ.

އެގޮތުން އެސްޓީއޯގެ ހުޅުމާލެ ފިހާރަ އާއި މާލޭގައި ހިންގާ ސުޕަމާޓުގެ ފްރީޒަރުތަކުގައި މުދާބަހައްޓައިގެން ވިޔަފާރިކުރަންބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން  ބީލަމުގައި ބައިވެރިވުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީވާންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އަންނަ މަހުގެ 12 ވަނަދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށްވެސް އެސްޓީޢޯއިން ބުނެއެވެ.

އެސްޓީއޯގެ ފިހާރަތަކުގައި ފިނިކުރި ސާމާނު ވިއްކަން ބަޔަކަށް ދިނުމަށް ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ފިހާރަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތަކެތި ހުސްނުވެ އެސްޓީއޯއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް މިކަމުގެ މަޤްސަދެއްކަމަށް އެސްޓީއޯއިން ބުނެއެވެ. މިކަމަށް ހޮވޭ ފަރާތްތަކުން އެސްޓީއޯއަށް ދައްކަންޖެހޭނީ ކުލީގެ އިތުރުން ކޮމިޝަންއެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©