.
28 October 2019
މަޤްބޫލު ޙަބަރު

ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ހައުސިން ލޯންގެ އިންޓަރެސްޓް ރޭޓް ކުޑަކުރަން ބޭންކްތަކާ އެކު ހައުސިން މިނިސްޓްރީން މަޝްވަރާތައް ފަށައިފިއެވެ.

ބޯހިޔާވަހިކަމުގެ ބިލް ޑްރާފްޓު ކުރާ ރައްޔިތުން މަޖިލީހުގެ ސަބް ކޮމިޓީގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު  އާތިފާ ވިދާޅުވީ ހައުސިން ލޯންގެ ގޮތުގައި ބޭންކްތަކުން މިހާރު ލޯން ދޫކުރަނީ 11-12 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ކަމަށާއި ސަރުކާރުން ބޭނުންވަނީ އެ ރޭޓް 8-5 އިންސައްތަ އަށް ކުޑަކުރަން ކަމަށެވެ.

އެ ރޭޓްގައި ހައުސިން ލޯން ނުލިބޭނަމަ އެއީ ހައުސިން ލޯނެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި އޭރުން އެ ލޯނުތައް ބެލޭނީ ކޮމާޝަލް ލޯނުގެ ގޮތުގައި ކަމަށްވެސް އާތިފާ ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވާ އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯން ދޫކުރުމަށް ބޭންކްތަކަށް ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މަޝްވަރާކޮށްގެން ހައްލުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އާތިފާ ވިދާޅުވިއެވެ.

ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓު ބޮޑުވުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©