.
28 October 2019
މަޤްބޫލު ޙަބަރު

އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު މަޖިލީހުން މިއަދު ފާސް ކޮށްދީފައިވާއިރު މި ބަޖެޓް ފާސްވީ 82 މެންބަރުންގެ ވޯޓުންނެވެ. އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާނެ ބަޖެޓަކީ39.6 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން މިއަދު ވަނީ ހާމަވެފައެވެ. ގާނޫނު އަސާސީ ބުނާ ގޮތުގައި އޮޑިޓު އޮފީހުގެ ބަޖެޓަކީ ވަކިން މަޖިލީހުން ފާސްކުރަންޖެހޭ ބަޖެޓެކެވެ.

އަންނަ އަހަރަށް އޮޑިޓު އޮފީހުން އޮޑިޓަރ ޖެނެރަލްގެ މުސާރައާ އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 795،000 ރުފިޔާ ކަނޑައަޅާފައިވާއިރު މުވައްޒަފުންގެ މުސާރައާ އެހެނިހެން އިނާޔަތްކަށް 43.98 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©