Sat, 6 June, 2020, 4:49 pm
ޝައިހް އިލްޔާސްގެ ހާއްސަ ދަރުސް އަންނަ ހުކުރު ދުވަހު
3

މިދިޔަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެއްސުމަށްފަހު ފަސްކުރި، އައްޝައިހް އިލްޔާސް ހުސައިންގެ ބޮޑު ދަރުސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އަދާލަތު ޕާޓީން އިސް ނަގައިގެން “ލޮބުވެތި ނަބިއްޔާ” މި މައުޟޫއަށް ޝައިހް އިލްޔާސްގެ އެ ދަރުސް ބޭއްވުމަށް ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:30 ގައި އަލިމަސް ކާނިވަލުގައެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ދަރުސް ފަސްކުރިއެވެ.

އަދާލަތު ޕާޓީން ބުނީ، އަންނަ ހުކުރު ދުވަހު އެ ދަރުސް ބޭއްވުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ދަރުސް އޮންނާނީ އަލިމަސް ކާނިވަލުގައި އެރޭގެ 8:30 ގައެވެ.

މި ދަރުސް ރާއްޖެޓީވީ އަދި ވީޓީވީން ލައިވް ކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

“ލޮބުވެތި ނަބިއްޔާ” މި މައުޟޫއަށް ޝައިހް އިލްޔާސް ދަރުހެއް ދެއްވަން ނިންމާފައި މިވަނީ، އިސްލާމް ދީނަށާއި މާތް ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލަ ބޮޑުވެ، އެ ޖަމިއްޔާ އުވާލަން އެތައް ބަޔަކު އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

އަދި އެ ރިޕޯޓް ކުށްވެރިކޮށް ރަށު ކައުންސިލްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ބަޔާން ނެރެމުންދާއިރު، ރާއްޖޭގެ ރަށްރަށުގައި އެކަމާ ދެކޮޅަށް ދަނީ ސުލްހަވެރި މުޒާހަރާތައް ކުރަމުންނެވެ.

Leave a comment

Your email address will not be published.