މުޙައްމަދު އިބްރާހިމް
28 October 2019
މަޤްބޫލު ޙަބަރު

މަރުގެ އިންޒާރުދީ މީހުންނަށް ބިރު ދައްކާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުން ބޭނުންތެރި ކަމަށާއި ނަމަވެސް އެފަދަ މީހުންނާ ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަރުގެ އިންޒާރުދޭ މީހުން ހައްޔަރުކުރުމުން ނަފްރަތު އިތުރުވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

“އެފަދަ މީހުންނާ ދޭތެރޭ (މަރުގެ އިންޒާރުދޭ މީހުންނާ ދޭތެރޭ) ހަރުކަށިކޮށް ހިތުމަކީ ގޯހެއް، ހައްޔަރުކުރުމުގެ ސަބަބުން ނަފްރަތު އިތުރުވެގެން ނުވާނެ، އަމާޒަކަށް ވާންޖެހޭނީ ނަސޭހަތްދީ އިސްލާހު ކުރުން،” ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ތައްޔާރު ކުރުމަށް އިސްކޮށްއުޅުއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން)ގެ އެގްޒެކިއުޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްއަށް މަރުގެ އިންޒާރުދީގެން މިފަހުން ދެ މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©