މުޙައްމަދު އިބްރާހިމް
29 October 2019
މަޤްބޫލު ޙަބަރު

ގަައުމުގައި ސުލްޙަމަސްލަސްކަން ނަގާލުވާލުމަށް، އެއްބައިވަންތަ ކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގަައުމީދުވަހުގެ ހާދިސާ އަކީ އިިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަންޖެހޭފަދަ ހާދިސާއެއް ކަމަށާއި ދިވެއްސަކަށްވީތީ އެކަމާމެދު ފަހުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ގައުމަށްޓަކައި ގަައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭ ކަމަށެވެ.

އަދި ގައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށްވާން އަަޒުމު ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ގައުމުގައި ސުލހަަމަސްލަސްކަން ނަގާލުވާލުމަށް، އެއްބައިވަންތަ ކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެއެވެ. ދިވެހި މުޖުތަމައަކީ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާޙަތްތެރި މުޖުތަމަޢަކަށް ހަދަންޖެހެއެވެ،” ރައީސް މައުމޫން ނެރުއްވި ބަޔާނުގައިވެއެވެ.

އެމަނިކުފާނު އިތުރަށް ވަނީ، ދިވެހިންނަކީ ގައުމިއްޔަތަށް ލޯބިކުރާ، ގަައުމިއްޔަތުގެ ރުކުން ތަކާއި އަގުތައް ނަގަހައްޓާ ދެމެހެއްޓުމުގެ އަަޒުމާއި ހިތްވަރު ލިބިގެންވާ ބަޔެއް ކަމުގައި މާތް ﷲ ލެއްވުން އެދި ދުއާ ދަންނަވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©